Article Top
ޚަބަރު •

އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއާޕޯޓު ކަމަށް އެމްޓީސީސީގެ އެމްޑީ ސައުދީ ވިދާޅުވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއާޕޯޓު ކަމަށް އެމްޓީސީސީގެ އެމްޑީ ސައުދީ ވިދާޅުވެއްޖެ

މަގޫދޫގައި ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން.

މިހާރު ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ، އެންމެ އަވަހަށް ނިމޭނީ ފ.މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.

ސައުދީ މިހެން ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

Advertisement
Article Inside

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައުދީ ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށް ދަމުން އަންނަ އެއާޕޯޓުތަަކަށް ބަލާއިރު، އެންމެ އަވަހަށް ނިމޭނެ އެއާޕޯޓަކީ މަގޫދޫ އެއާޕޯޓު ކަމަށެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެއާޕޯޓުތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސައުދީ ވިދާޅުވީ، ހދ.މަކުނުދޫ އެއާޕޯޓުގެ މަސައްކަތް އަދި ކިރިޔާ ފެށުނީ ކަމަށެވެ.

މަގޫދޫގެ އިތުރުން، އެ އަތޮޅު ނިލަންދޫގައި ތަރައްޤީ ކުރާ އެއާޕޯޓުގެ މަސައްކަތް ވެސް އަންނަނީ ކުރިއަށް ގެންދަމުން ކަމަށާއި، އިތުރު އެއާޕޯޓު ތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުން އަންނަ ކަމަށް ސައުދީ ފާހަގަ ކުރެއްވި އެވެ. އެގޮތުން އަލީފުށީ އެއާޕޯޓުގެ ވާހަކަ ފާހަގަ ކުރައްވައި ސައުދީ ވިދާޅުވީ، އެ އެއާޕޯޓުގެ ރަންވޭ ބޮޑު ކުރަން ޖެހޭ ކަމަށެވެ. އަދި ތ.ގުރައިދޫ އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބައި މިހާރު ނިމިފައިވާ ކަމަށް ވެސް ސައުދީ ވަނީ ވިދާޅުވެފައި އެވެ.

މަގޫދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން 2022 ވަނަ އަހަރު ފެށިއިރު، މި ސަރުކާރުން އަންނަނީ އެ އެއާޕޯޓު އަވަށް ތާރީޚެއްްގައި ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއާޕޯޓުގެ މަސައްކަތަށް މެޑު ޖެހުމެއް އައި ނަމަވެސް، އެއާޕޯޓު ނިންމައި މި ދައުރުގެ ތެރޭގައި ޚިދުމަތް ދޭން ފެށުމަކީ ސަރުކާރުން އަމާޒު ހިފާފައިވާ ކަމެކެވެ.

މަގޫދޫ އެއާޕޯޓު ތަރައްޤީ ކުރަމުން އަންނަނީ އެ ރަށުގެ ބިމުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މަގޫދޫ އެއާޕޯޓަކީ 1500 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓަކަށްވާއިރު، މި އެއާޕޯޓް އިން ޚިދުމަތް ލިބެން ފެށުމާއެކު އެ ސަރަހައްދުގެ ދަތުރު ފަތުރާއި، ކުރިއެރުމަށް މަގުފަހިވެގެން ދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް