ނިއު މެޗު ވާނީ ތަފާތު ޗެލެންޖަކަށް: އޮޑި ކޯޗު
ލިޔުންތެރިޔާ
އޮޑީގެ ކޯޗު ލޫސިއާނޯ -- ފޮޓޯ/ އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އޮޑި ސްޕޯޓްސް ކްލަބް ކުޅޭ މެޗަކީ، އެ ޓީމުގެ ކޯޗުކަމާ އަލަށް ހަވާލުވި އާޖެންޓީނާގެ ލޫސިއާނޯ ތެއިލާއަށް ކުރިމަތިވާނެ ފުރަތަމަ ބޮޑު ޗެލެންޖް ކަމަށް އޭނާ ބުނެ އެވެ.
މީގެ އަހަރުތަކެއް ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބުން ކުޅުންތެރިއެއްގެ ގޮތުން ފެނިގެންދިޔަ ލޫސިއާނޯ، ކޯޗެއްގެ ގޮތުގައި އެނބުރި ރާއްޖެ އައިސް އޮޑިއާ ހަވާލުވުމަށްފަހު، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ގައްދޫ އަތުން 0-4 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާއަށް ކުރިމަތިވާނެ ހަގީގީ ފުރަތަމަ ބޮޑު އިމްތިހާނު ކަމަށް ގަބޫލުކުރާ ކަމަށް، މެޗުގެ ކުރިން ބޭއްވި ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ލޫސިއާނޯ ފާހަގަކުރި އެވެ.
މި މެޗު ވަރަށް ތަފާތުވާނެ. ނިއުރޭޑިއަންޓަކީ ބޮޑު ޓީމެއް. ވަރަށް ރަނގަޅު ކޯޗަކާއި ހައި ކޮލިޓީގެ ކުޅުންތެރިންތަކެއް އެ ޓީމުގައި ތިބީ. އެކަމަކު އަހަރުމެން މަސައްކަތް ކުރާނީ އަހަރުމެންގެ ސްޓައިލްގައި، އޮފެންސިވްކޮށް ކުޅެވޭތޯ. ބޭނުންވާ ނަތީޖާ ނެރެވޭނީ ކޮންމެ ކުޅުންތެރިއަކުވެސް 100 ޕަސެންޓް ދީގެން.
އޮޑި އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާނީ މާދަމާ ރެއެވެ. އޮޑި ސްޕޯޓްސް ކްލަބް މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެން ހޯދި ހަ ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. އަދި ނިއުރޭޑިއަންޓް އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް