ފަސް ރުފިޔާގެ ނޫޓު މަދުވެ، އައު ސްޓޮކެއް ގެނެސްފި
ލިޔުންތެރިޔާ
އެމްއެމްއޭ އިން ބާޒާރަށް އަލަށް ނެރޭ ފަސް ރުފިޔާގެ ނޫޓު.
ބާޒާރުގައި ބޭނުން ކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓު މަދުވުމުގެ ސަބަބުން، ފަސް ރުފިޔާގެ ނޫޓު އައު ސްޓޮކެއް ގެނެސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ބާޒާރުގައި ފަސް ރުފިޔާގެ ނޫޓުތައް މަދުވެފައި ވަނީ، މިހާރު ބޭނުން ކުރަމުން އަންނަ ނޫޓުތައް ހަލާކުވުމުގެ ސަބަބުންނެވެ. ފަސް ރުފިޔާގެ ނޫޓުތަކަކީ ވިޔަފާރި އާއި އާންމުންގެ ބޭނުންތަކަށް ވެސް ގިނައިން ބޭނުން ކުރާ ނޫޓަކަށްވާއިރު، ބުރާސްފަތި ދުވަހުން ފެށިގެން އައު ސްޓޮކް ބޭނުންކުރަން ފަށާނެ ކަމަށެވެ.
އެމްއެމްއޭ އިން ބުނެފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ފަސް ރުފިޔާގެ އައު ނޫޓު ދައުރު ކުރަން ފަށާއިރު، އޭގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ. އަދި އެ ނޫޓުތަކާ އެކު، މިހާރު ދައުރު ކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓު ބޭނުން ކުރެވޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ގޮތުގައި ފަސް ރުފިޔާގެ މި އައު ނޫޓު ތަކުގައި ލިޔެފައިވާ ތާރީޚަކީ 2025 ޖުލައި 31 އެވެ. އަދި ދިވެހި ތާރީޚަކީ 1447 ޞަފަރު 6 އެވެ. މީގެ އިތުރުން މި ނޫޓު ތަކުގައި ސޮއި ކުރައްވާފައި ވަނީ ގަވަރުނަރު އަޙުމަދު މުނައްވަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް