އޮޑިޓް އޮފީހަށް 133.5 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ކޮމެޓީ އިން ފާސްކޮށްފި
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށްފައިވާ 133.5 މިލިއަން ރުފިޔާގެ ބަޖެޓު އެ އޮފީހަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީ އިން އަންގާރަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އެ ބަޖެޓު ފާސްކުރުމަށް ހުށަހެޅީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު (މަންޑޭ) އެވެ. މަންޑޭގެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރި އެވެ. މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައި ވަނީ އިދާރީ ހިންގުމާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 90.9 މިލިއަން ރުފިޔާ އާއި، ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އޮފީސް އިމާރާތުގެ މަސައްކަތަށް 43،5 މިލިއަން ރުފިޔާ އެވެ. މިއާއެކު، އޮޑިޓާ ޖެނަރަލްގެ އޮފީހުގެ ބަޖެޓުގެ ގޮތުގައި އޮތީ 133.5 މިލިއަން ރުފިޔާ އެވެ.
ބަޖެޓާ ގުޅޭ ގޮތުން އަންގާރަ ދުވަހު އޮތް ކޮމެޓީ ބައްދަލުވުމުގައި އޮޑިޓާ ޖެނަރަލް ޙުސެއިން ނިޔާޒީ ވަނީ ވާހަކަ ވެސް ދައްކަވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް