އިތުރު އޮޕަރޭޝަނެއް، ބަނގުރަލުގެ ވިޔަފާރިކުރާ ދެ ބިދޭސީން ހައްޔަރުކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ފުލުހުން ހައްޔަރުކުރި ދެ ބިދޭސީން -- ފޮޓޯ/ ފުލުހުން
ފުލުުހުން ކުރިއަށް ގެންދިޔަ އިތުރު އޮޕަރޭޝަނެއްގައި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.
އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ 9 ފުޅި ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެމީހުން ކަމަށްވާ، ރަޖި ރަޖަ ކުމަރް (47އ) އާއި، ނަޑަން ވިންސެންޓްރަޖް ޕޮން (54އ) ކަމަށެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް ދެމީހުން ވެސް މިހާރުވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ވެސް ފުުހުން ބުންޏެވެ.
ފުލުހުން ވަނީ މިއަދު ވެސް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފައެވެ.
ފުލުހުން ބުނެފައި ވަނީ އެ ޚިދުމަތުގެ ފަރާތުން ހ.މާދޫގޭގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ. މިއީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓްއާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނެފައި ވަނީ މިހާރު ވެސް އެ އޮޕަރޭޝަން ކުރިއަށްދާ ކަމަށާއި، މާދޫ ގޭގެ ފުރަތަމަ ފަންގިފިލާގެ އިތުރުން، ފަސް ވަނަ ފަންގިފިލާ އިން ވެސް ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް