ޔޫތު އޮލިމްޕިކްސް: 50 މީޓަރު ބަޓަފްލައި އިވެންޓުން ތަޒްކިޔާ ގައުމީ ރެކޯޑް އާކޮށްފި
ލިޔުންތެރިޔާ
ތަޒްކިޔާ -- ފޮޓޯ/އެމްއޯސީ
ސެނެގޯލްގެ ޑަކާރުގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ ފެތުމުގެ 50 މީޓަރު އަންހެނުންގެ ބަޓަފްލައި އިވެންޓުން ރާއްޖޭގެ އާމްނާ ތަޒްކިޔާ މިރުސާދު ގައުމީ ރެކޯޑު އާކޮށްފި އެވެ.
ޑާކާ އެކުއެޓިކްސް ސެންޓަރުގައި އިއްޔެ ކުރިއަށްދިޔަ މި އިވެންޓުން ތަޒްކިޔާ ގައުމީ ރެކޯޑު އައުކުރީ 31.04 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. ޖުމްލަ 40 ފެތުންތެރިންނާ ވާދަކޮށް ތަޒްކިޔާ ވަނީ މުޅި އިވެންޓުން 27 ވަނަ ހޯދައިފަ އެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު މީގެ ކުރި ވެސް އޮތީ ތަޒްކިޔާ އަތުގަ އެވެ. އެއީ މިއަހަރު ތައިލެންޑުގެ ބެންކޮކްގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލްގައި ވާދަކޮށް 31.24 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ.
މީގެ އިތުރުން، މި މުބާރާތުގެ 50 މީޓަރު ފްރީސްޓައިލް ހީޓުގައިވެސް ތަޒްކިޔާ ވަނީ ވާދަކޮށްފައެވެ. ޖުމްލަ 68 ފެތުންތެރިން ބައިވެރިވި މި އިވެންޓުގައި 28.17 ސިކުންތުން ރޭސް ނިންމައިގެން ތަޒްކިޔާ ހޯދީ 28 ވަނައެވެ. 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު ވެސް ދަމަހައްޓަމުން އަންނަނީ ތަޒްކިޔާއެވެ. އެއީ މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި 27.99 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް