Article Top
ޚަބަރު •

އަންހެން ކުދިން ބާރުވެރިކުރުވުމަކީ މުޅި ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ ކަމެއް: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަންހެން ކުދިން ބާރުވެރިކުރުވުމަކީ މުޅި ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ ކަމެއް: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

ގާލްސް ގައިޑް އެސޯސިއޭޝަންގެ އިވެންޓެއްގައި ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން އަންހެން ކުދިންތަކަކާއެކު.

އަންހެން ކުދިން ބާރުވެރިކުރުވުމަކީ މުޅި ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ ކަމެއް ކަަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވެފައި ވަނީ، މިއަދު ފާހަގަ ކުރަމުން އަންނަ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

Advertisement
Article Inside

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އަންހެން ކުދިން ބާރުވެރިކުރުވުމަކީ އެކުދިންގެ އަމިއްލަ ދިރިއުޅުމަށް އަންނަ ބަދަލަކަށް އެކަނި ނުވާނެ ކަމަށެވެ. އެއީ މުޅި ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ ކަމެއް ކަމަށާއި، ހުރިހާ ދާއިރާ އަކުން އަންހެން ކުދިން އިސް ސަފުގައި ނަމޫދާ ދައްކަމުން އަންނަ ކަމަށް އެކަމަނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ތައުލީމީ ދާއިރާ އާއި، އިޖުތިމާއީ ދާއިރާ އާއި، ވިޔަފާރި އަދި ކުޅިވަރުގެ ދާއިރާ އިން ވެސް އަންހެން ކުދިން ނަމޫނާ ދައްކަމުން އަންނަ ކަަމަށް އެކަމަނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އަންހެން ކުދިން ބާރުވެރިކުރުވުމުގެ ފައިދާ އާއި ހެޔޮ ބަދަލު މުޅި މުޖުތަމައަށް އަންނާނެ ކަމަށެވެ. ހަމައެހެންމެ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިތުރުން، ރާއްޖޭގައި އަންހެން ކުދިންގެ ހިތްވަރާއި އަޒުމު ފާހަގަކުރައްވާ ކަަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި އަންހެން ކުދިންނަކީ މުޖުތަމައު ކުރިއަރުވައި، ވަރުގަދަ ކުރުމުގައި އިސް ދައުރެއް އަދާ ކުރާ ބައެއް ކަަމަށް ވެސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް