ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގެ މަންޒަރެއް
ހުޅުމާލޭ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ، ޙާލަތު ދެރަވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ނުވަަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން ނުވަ އަހަރުގެ ޒީވާ ސިނާާން އަޙުމަދަށެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާ ތަކަށް ޒީވާ އަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި އެވެ. އެއަށް ފަހު، އިތުރު ފަރުވާ އަށް އައިޖީއެމް ހޮސްޕިޓަލް އަށް ބަދަލު ކުރުމަށް ފަހު، ޒީވާ އަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައި އެވެ.
ފުލުހުން އޭރު ބުނެފައި ވަނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ، ހިތިގަސް މަގުގައި ހުންނަ ވިނަރެސްގެ ހަތް ވަނަ ފްލެޓު ކައިރީގައި ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް ހަތް ވަނަ ފްލެޓު ކައިރީގައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް