ހުއްދަ ނުނަގައި ޑޮލަރު ގަނެ ވިއްކާތީ ނައިޑް އިންވެސްޓްމެންޓްގެ އެކައުންޓް ފްރީޒްކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ޑޮލަރު މާރުކުރަނީ ---
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރި ކުރާތީ ނައިޑް އިންވަސްޓްމަންޓް ޕަރައިވެޓް ލިމިޓެޑުގެ އެކައުންޓް ފްރީޒްކޮށްފިއެވެ.
ފުލުހުން ބުނީ އެ ކުންފުނީގެ ބޭރު ފައިސާގެ މުއާމަލާތްކުރާ އަކުންޓް ފްރީޒްކުރީ ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރި ކުރާތީ އެ މައްސަލަ ތަހުގީގުކުރުމަށް ކަމަށެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށް ޓަކައި، މާލޭގެ މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން މިހާރު ދަނީ ހިންގަމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން އަންނަނީ ހުއްދަ ނުނަގައި ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން އިއްޔެ ވަނީ ކަޅު ބާޒާރުގައި ޑޮލަރު ގެނެ ވިއްކާ 6 ބިދޭސީއަކު އަތުލައިގަނެފައެވެ.
އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި އަތުލައިގަނެފައިވާ ބިދޭސީ މީހުން މިހާރު ވަނީ ޑިޓެއިން ކޮށްފައެވެ.
ޑޮލަރު ގަނެ ވިއްކުމުގެ ތުހުމަތުގައި އަތުލައިގެން 6 މީހުންގެ އެކައުންޓުތަކުގައި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 54 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަައުރުވެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ޑޮލަރުގެ ގޮތުގައި އެ މީހުންގެ އެކައުންޓު ތަކުގައި އެ މުއްދަތުގެ ތެރޭގައި 1.6 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ފަރާތްތަކަކީ ރާއްޖެއެތެރެވެ ހުއްދަދެވިފައިވާ މަސައްކަތްކުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރި ފަރާތްތަކެއްކަން ފާހަގަކުރެވިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް
