ޚަބަރު

ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ، ގައުމުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ، ގައުމުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސް

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ރައީސް ޑރ، މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ، ގައުމުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ ފުލުހުންގެ މުއައްސަސާގެ އެހާރާއި މިހާރުގެ ހިދުމަތްތެރީންނަށް އަރިސްކުރާކަމަށެވެ.

މީގެ އިތުރުން، ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ ދިވެހި ރައްޔިތުންނަށާއި، މި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ މި އަޒުމާއި މި ރޫހުގައި މި އަމާޒު ހާސިލްވާކަން ކަށަވަރުކޮށްދިނުންމަތީ އަބަދުމެ ހިންމަތާއި އިހްލާސްތެރިކަމާއެކު ދެމިތިބުމަށް އިލްތިމާސްކުރާކަމަށެވެ.

ފުލުހުންގެ ދުވަހަކީ ވަކި، މަދަނީ މުއައްސަސާއެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތް ފެށުން ފާހަގަކުރުމަށް ފާހަގަކުރާ ދުވަހެކެވެ. 1933 ވަނަ އަހަރު ފުލުހުންގެ ހިދުމަތް ފެށުނު ނަމަވެސް ވަކި މުއައްސަސާއެއްގެ ގޮތުގައި އެ ހިދުމަތް ދޭން ފެށީ 1 ސެޕްޓެމްބަރު 2004 ވަނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް