ޚަބަރު

48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން، މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން، މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށި ފަހުން މިހާތަނަށް، 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ވެސް މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ކަަމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ބެކްލޮގް އެއްކޮށް ޚަލާސްކޮށްފައި އެވެ.

އޭގެ ފަހުން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ މަސައްކަތް ފެށި، އެކަން ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައި އެވެ. އެގޮތުން މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން، މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކޮށްފައި ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރުން ގެންދަނީ މަސްވެރިކަން ތަރައްޤީކޮށް، އެ ސިނާއަތް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތް ތަކެއް ކުރަމުން ކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިންނަށް ފައިސާ ނުދެވި، ބޮޑު ބެކްލޮގެއް އޮތުންކަން ފާހަގަ ކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވަނީ، އެކަން ޙައްލު ކުރުމަކީ ސަރުކާރުން ކުރި ވަރަށް ބޮޑު ކަމެއް ކަމަށެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން މިނިސްޓަރު ޝިޔާމް ވަނީ، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ފައިސާތަކުގެ ވާހަކަ ދައްކަވައިފަ އެވެ. އަދި އެކަން ޙައްލު ކުރުމަށް މި ސަރުކާރުން ގިނ ކަންތައްތަކެއް ކޮށްފައިވެ އެވެ. މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހައި، އެކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުން އަދި މަސްވެރިކަމުގެ މިނިސްޓްރީ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް