ވިޔަފާރި

އުފެއްދުންތެރިކަމުގެ މައުރަޒަށް 700 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅި: ސައީދު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އުފެއްދުންތެރިކަމުގެ މައުރަޒަށް 700 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅި: ސައީދު

2025 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވުމުގެ ތެރެއިން ރައީސް މުއިއްޒުއާއި މިނިސްތަރު ސައީދު

އުފެއްދުންތެރިކަމުގެ މައުރަޒަށް 7 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފައިވާކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 700 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާކަމަށެވެ.

އެ އަދަދަކީ މިދިޔަ އަހަރު ބޭއްވި މައުރަޒަށް ހުށަހެޅި ފޯމްތަކާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަކީ ކުރިއަރަމުންދާ ވިޔަފާރިތަކާއި އަލަށް ވިޔަފާރިކުރަން ނުކުންނަ ފަރާތްތަކަށް އެމީހުންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމަށް ލިބޭ ރަނގަޅު ރަނުގެ ފުރުސަތެއްކަމަށެެވެ.

މީގެއިތުރުން މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ކާމިޔާބު މައުރަޒަކަށްވާނެކަމަށް އުންމީދުކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ވަނީ މިދިޔަ ހޯމަ ދުވަހު ހަމަވެފައެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން މިދިޔަ އަހަރު ހުށަހެޅީ، 270އެއްހާ މީހުންނެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ

މިއަހަރުގެ މައުރަޒު އޮކްޓޫބަރު މަހުގެ 23 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވަނީހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިއަހަރު މައުރަޒަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކުރިމަތިލެވޭ އުމުރުފުރާއެވެ. މިއަހަރު 13 އަހަރުން މަތީގެ ކޮންމެ މީހަކަށް މައުރަޒުގައި ބައިވެރިވެވޭ ގޮތަށްވަނީ ބަދަލުގެނެސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް