ޚަބަރު

އައިސީސީޑީގެ ސެކެޓްރީ ޖެނެރަލް ރައީސްއާ ބައްދަލުކުރައްވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އައިސީސީޑީގެ ސެކެޓްރީ ޖެނެރަލް ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީ.ސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް ހަލާވީއާއެކު ---

އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީ.ސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް، ޝައިހް ޔޫސުފް ހަސަން ހަލާވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ޤާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި، މެހެމާންދާރީގެ ދާއިރާއިންނާއި ހަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިޤްތިސާދު ކުރިއެރުވުމާ ގުޅޭގޮތުކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ރާއްޖޭގައި ހަލާލު ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ސެކެޓްރީ ޖެނެރަލް ޝައިހް ހަލާވީ ވަނީ ރައީސް މުއިއްޒުއަށް އަތުލިޔުމުން ލިޔެފައިވާ މުސްހަފެއް ހަދިޔާކުރައްވައިފައެވެ.

އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގައި ހިމެނޭ 54 ގައުމުގެ އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ބައިނަލްއަގްވާމީ މުއައްސަސާއެކެވެ. އިސްލާމީ ގައުމުތަކަށް ވިޔަފާރިއާއި އިންވެސްޓުމަންޓުތަކާއި އިގްތިސާދީ ތަރައްގީ ގެނައުމަށް އައިސީސީޑީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް