Article Top
ޚަބަރު •

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން އަތުލައިގަނެފައިވާ މަސްތުވާތަކެތި.

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، 2026 އޮކްޓޫބަރު 24 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ. އަދި މިތަކެތި އަތުލައިގަނެފައި ވަނީ ވައިގެ މަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސް އަށް ޝައްކު ކުރެވިގެން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement
Article Inside

ކަސްޓަމްސް އިން ބުނެފައި ވަނީ އަތުލައިގަތް ބާވަތް ތަކުގެ ތެރޭގައި ހިމެނެނީ ސިންތެޓިކް ކެތިނޯން ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި 6750 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ. މި ތަކެތި ކަސްޓަމްސް އިން އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް