ގަން އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ މޫސުމީ ރާޑަރު އަދި މޫސުމާ ބެހޭ އޮފީހެއް ޤާއިމު ކުރަނީ
ލިޔުންތެރިޔާ
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފަހުގެ ޒަމާނީ މޫސުމީ ރާޑަރާއި، މޫސުމާ ބެހޭ އޮފީހުގެ ކުރެހުމެއް.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފަހުގެ ޒަމާނީ މޫސުމީ ރާޑަރާއި، މޫސުމާ ބެހޭ އޮފީހެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެފި އެވެ.
އެވަޔަރަމަންޓް މިނިސްޓްރީ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފަހުގެ ޒަމާނީ ފެންވަރުގެ ރާޑަރު އަދި މޫސުމާ ބެހޭ އޮފީހެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު ކުރިއަށް ގެންދަނީ އެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ބޭނުންވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ. ހަމައެހެންމެ، އެ ސަރަހައްދުގައި ސީސީޓީވީ ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ މަސައްކަތް ނިމުމާއެކު އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި ބިން ސާފުކުރުމުގެ މަސައްކަތް ނިމުމާ އެކު، އަވަސް މުސްތަޤުބަލެއްގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މި މަޝްރޫއު ނިމުމާއެކު، އެ ސަރަހައްދުގެ މޫސުމާ ބެހޭ މައުލޫމާތު އެއްކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް