Article Top
ކުޅިވަރު •

ދިއްދޫ އިންޓަނޭޝަނަލް ދަނޑުގެ މަސައްކަތް އަންނަ އަހަރު ނިންމަނީ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ދިއްދޫ އިންޓަނޭޝަނަލް ދަނޑުގެ މަސައްކަތް އަންނަ އަހަރު ނިންމަނީ

ދިއްދޫގައި އޮތް އެ ޓީމުގެ ފުރަތަމަ ހޯމް މެޗުގެތެރެއިން -- ފޮޓޯ/ދިއްދޫ ސްޕޯޓްސް

ހއ. ދިއްދޫގައި ފީފާގެ މިންގަނޑުތަކާ އެއްގޮތަށް، ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ވަޒީރު ރާފިއު "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ދަނޑު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވިގޮތުގައި މި ދަނޑަކީ ޒަމާނީ ފެންވަރުގެ ޗޭންޖިން ރޫމްތަކާއި އެހެނިހެން ވަސީލަތްތައް ވެސް ހިމެނޭ، އިންޓަނޭޝަނަލް މެޗުތައް ކުޅެވޭ ފެންވަރުގެ ފުރިހަމަ ދަނޑެކެވެ.

Advertisement
Article Inside

މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އަމަލީ މަސައްކަތް ފަށައި، މިއަހަރުގެ ކުރީކޮޅުން ފެށިގެން މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހި ޕްރިމިއާ ލީގުގެ އާ ފޯމެޓުގެ ދަށުން، އަތޮޅުތެރެއިން ލީގުގައި ވާދަކުރާ ފުރުސަތު ހޯދި އެއް ޓީމަކީ ދިއްދޫ ސްޕޯޓްސް އެވެ. އެ ކުލަބުގެ ހޯމް މެޗުތައް މިހާރުވެސް އެ ރަށުގައި ކުޅެމުންދާއިރު، މިޒަމާނީ ފެންވަރުގެ ދަނޑުގެ މަސައްކަތް ނިމުމުން އެރަށުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

މީގެއިތުރުން، އެފްއޭއެމް އިން ރާއްޖޭގެ ކުޅިވަރު ލާމަރުކަޒު ކުރުމުގެ ގޮތުން އުފައްދާ ރީޖަނަލް ފުޓުބޯޅަ އެސޯސޭޝަންތަކުގެ އޮފީސްތަކުގެ ތެރެއިން، އުތުރު ސަރަހައްދުގެ (ނޯތު ރީޖަން) އޮފީސް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ވެސް ދިއްދޫގަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް