އަލީ އީމާން

މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

އަންގާރަދުވަހު ފުލުހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ލ.ކަލައިދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޣުފްރާން ހާލިދު. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 14 ވަނަ ދުވަހު ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައި ޕާކްކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައެއްގެ ތަހުގީގު ތެރެއިން ކަމަަށް ފުލުހުން ވަނީ ބުނެފައ.ި

އިތުރަށް ކިޔާ
ބްލެކު މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރާ ދެ ބިދޭސީން ހައްޔަރުކޮށްފި

ބްލެކު މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރާ ދެ ބިދޭސީން ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ މަސްއޫދު އަހުމަދު އަދި އަބޫ ތާހިރު. އަދި އެމްްޑީ މަސްއޫދު ވަނީ ސެޕްޓެންބަރު 11 ވަަނަ ދުވަހު ބަންދުކޮށްފައި ކަމަށާއި، އަބޫ ތާހިރު ބަންދުކޮށްފައިވަނީ ސެޕްޓެންބަރު 14 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ.

އިތުރަށް ކިޔާ
ރައީސްގެ އިލްތިމާސް ޚަޠީބުންނަށް: އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށް ނަމޫނާ ދައްކަދީ

ރައީސްގެ އިލްތިމާސް ޚަޠީބުންނަށް: އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށް ނަމޫނާ ދައްކަދީ

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުައިއްޒު ވިދާޅުވީ އިސްލާމީ ދައުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔުތާއި ހަވާލުވުމަށް 700 އަށްވުރެ ގިނަ ޒުވާނުން ނިކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން މި މަަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫހަށްދާ ލިބުނު އާ ބާރެއް ކަމަށް ސިފަކުރައްވާފަ. އަަދި މި މަހާސިންތާގެ ސަބަބުން ރާއްޖެގެ އިސްލާމީ ވެއްޓަށް އަލިކަންދޭނެ އެތައް މުރައްބީންތަކެއްް އުފެދިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި.

އިތުރަށް ކިޔާ
ސިފައިންގޭގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަޙުމަދު މަނިކު އަވާހަރަވުމުން ރައީސްގެ ތައުޒިޔާ

ސިފައިންގޭގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަޙުމަދު މަނިކު އަވާހަރަވުމުން ރައީސްގެ ތައުޒިޔާ

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ މަރުހޫމުގެ އާއިލާއަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައިފަ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްހޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެެއްވުން އެދި ރައީސް ވަނީ ދުއާ ދަންނަވާފައި.

އިތުރަށް ކިޔާ
އައުޤާފް ކުންފުނީގެ މަޤުސަދަކީ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން: މިނިސްޓަރު ޝަހީމް

އައުޤާފް ކުންފުނީގެ މަޤުސަދަކީ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން: މިނިސްޓަރު ޝަހީމް

މިހާރުވެސް ސިޓީ ކަައުންސިލަ އަށް އަހަރަކު އެއް މިލިއަން ރުފިޔާ ދެމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މިވަގުތު ވެސް ކައުންސިލްގެ ފަރާތުން މިސްކިތް މަރާމާތުކުރުމަށް ދެމުން އަންނަ ފައިސާ އިތުރު ކުރުމަށް އެދިފައިވާ ކަމަށް.

އިތުރަށް ކިޔާ