އަލީ އީމާން

އައިޕީޔޫގެ 153 ވަަނަ އެސެމްބްލީގައި ބައިވެރިވަޑައިގަތުމަށް މަޖިލީހުގެ ރައީސް ފުރާވަޑައިގެންފި

އައިޕީޔޫގެ 153 ވަަނަ އެސެމްބްލީގައި ބައިވެރިވަޑައިގަތުމަށް މަޖިލީހުގެ ރައީސް ފުރާވަޑައިގެންފި

މަޖިލިސް އިދާރާއިން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި އައިޕީޔޫގެ އެސެންބްލީ ބޭއްވުމަށް ހަަމަޖެހިފައިވަނީ މި ހިނގަމުންދާ އޮކްޓޯބަރު މަހުގެ 5 ވަަނަ ދުވަހުން 9 ވަނަ ދުވަހަށް ކަަމަށް.

އިތުރަށް ކިޔާ
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ސާބިތުކަމާއެކު ދެމިއޮތް ބައިވެރިއެއް: ރައީސް މުއިއްޒު

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ސާބިތުކަމާއެކު ދެމިއޮތް ބައިވެރިއެއް: ރައީސް މުއިއްޒު

ޗައިނާގެ 77 ވަނަ ގައުމީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވަމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭއާއި ޗައިނާއާ ދެމެދު އޮތީ އިހްތިރާމާއި އިތުބާރުގެ މަައްޗަށް ބިނާވެފައިވާ، ތަރައްގީއާއި ފާގަތިކަމަށް އަމާޒު ހިފާފައިވާ ގާތް ގުޅުމުއް ކަމަށް. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އެެއްބާރުލުމުގެ ސަބަަބުން ދިވެހި ރައްޔިތުންނަށް ފައިދާހުރި އެތައް ފުރުސަތުތަކަށް ފަހިވަމުންދާ ކަމަަށް ރައީސް މުއިއްޒު ވިދާޅުވި.

އިތުރަށް ކިޔާ
ނޭޕާލްއަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުގައި މުޅި ދިވެހިރާއްޖެ އޮތީ އެ ގައުމުގެ ރައްޔިތުންނާ އެކު: ރައީސް މުޢިއްޒު

ނޭޕާލްއަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުގައި މުޅި ދިވެހިރާއްޖެ އޮތީ އެ ގައުމުގެ ރައްޔިތުންނާ އެކު: ރައީސް މުޢިއްޒު

ސޯޝަލް މީޑިއާގައި ނެރެފައިވާ ނޫސްބަޔާނެއްގައި އެމަނިކުފާނު ވިދާޅުވީ ނޭޕާލަށް ކުރި ބޯވިއްސާރައިގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އާންމު ދިރިއުޅުމަށް ބޮޑު ދަތިތަކާއި އެ ގައުމުގެ ރައްޔިތުން ކުރިމަތިލާންޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށް.

އިތުރަށް ކިޔާ
ރާއްޖެގައި ދިރިއުޅޭ 2 ލައްކައަށްވުރެ ގިނަ ބިދޭސީން މިހާރު ވަނީ ވެރިފައި ކުރެވިފައި: މިނިސްޓަރު އިހުސާން

ރާއްޖެގައި ދިރިއުޅޭ 2 ލައްކައަށްވުރެ ގިނަ ބިދޭސީން މިހާރު ވަނީ ވެރިފައި ކުރެވިފައި: މިނިސްޓަރު އިހުސާން

މިރޭ ބޭއްވި އަހާ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ކުރަނގި އޮޕަރޭޝަންގެ ތެރެއިން ވެރިފައިކުރެވިފައިވާ ބިދޭސީންގެ 95 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މިހާރު ނަގާ ނިމިފައިވާ ކަމަށް. އަދި ބާކީ އޮތް ހަތަރު އިންސައްތަ ބިދޭސީން މިވަގުތު ރާއްޖޭގައި ނެތް ކަމަށާއި ބާކީ ބަޔޯމެޓްރިކްސް ނަގަން ޖެހިފައިވަނީ ހަމައެކަނި އެންމެ އިންސައްތައިގެ ބިދޭސީންގެ ތެރެއިން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި.

އިތުރަށް ކިޔާ
މަސްވެރިންނަށް މިހާތަނަށް 2.3 ބިލިއަން ރުފިޔާ ސަރުކާރުން ދައްކައިފިން: މިނިސްޓަރު ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.3 ބިލިއަން ރުފިޔާ ސަރުކާރުން ދައްކައިފިން: މިނިސްޓަރު ޝިޔާމް

މިރޭ ބޭއްވިގެންދިޔަ އަހާ ފޯރަމްގައި ވާހަަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ފެށިފަހުންވެސް މަސްވެރިންނަށް 1.3 ބިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާނެ ކަމަށް. އަދި މި ސަރުކާރު ވެރިކަމަށް އައިއިރު މަސްވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާއެއްގެ ބެކްލޮގް މިހާރު ވަނީ ކްލިއަރ ކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި.

އިތުރަށް ކިޔާ
ދިވެހިންނަށް ބެލަރޫސް އަށް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

ދިވެހިންނަށް ބެލަރޫސް އަށް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެ އާއި ބެލަރޫސްގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާއިރު އެއް ދަތުރެެއްގައި ގިނަވަގެން 30 ދުވަހު ވިސާއާއި ނުލައި ތިބެވޭނެ ކަމަށާއި، އަހަރަކު އެކި ފަހަރުމަތިން ދަތުރުކުރާ ނަމަ ގިނަވެގެން 90 ދުވަހުގެ މުއްދަތަަކަށް ވިސާއާއި ނުލައި އެ ގައުމެއްގައި ހުރެވޭނެ ކަަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައ.ި

އިތުރަށް ކިޔާ
ސިނަމާލެ ބުރިޖުން ފުންމާލި މީހަކު ސަލާމަތްކޮށްފި

ސިނަމާލެ ބުރިޖުން ފުންމާލި މީހަކު ސަލާމަތްކޮށްފި

އެމްއެންޑީއެފް އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބުރިޖުން މޫދަށް ފުންމާލައިފާވަނީ ބިދޭސީ މީހެއް ކަމަށް. އަދި މި މީހާ ފުންމާލި ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބަފައިވަނީ ރޭ ދަންވަރު 00:44 ގައި ކަމަށް. މި ހާދިސާގެ ރިޕޯޓު ލިބުމާއި އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުން ވަނީ އެ ސަރަހައްދަން ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފަ.

އިތުރަށް ކިޔާ
 ސިނަމާލެ ބުރިޖުގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފި

ސިނަމާލެ ބުރިޖުގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފި

މި އެކްްސިޑެންޓު ހިނގައިފައިވަނީ ބުރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ވިއްސާރަވުމުގެ ސަބަބުން އެއް ފަޅީގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެފައިވޭ.

އިތުރަށް ކިޔާ
ހަ މެންބަރުންނާއެކު ޕްރޮކިއުމެންޓް ޕޮލިސީ ބޯޑު އެކުލަވާލައިފި

ހަ މެންބަރުންނާއެކު ޕްރޮކިއުމެންޓް ޕޮލިސީ ބޯޑު އެކުލަވާލައިފި

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ މި ބޯޑުގެ ޗެއާޕާސަންއަކީ މުހައްމަދު ޝިފާހު. ހަމައެއާއެކު ހޯމް މިނިސްޓްރީއަށް ނިސްބަތްވާ ޑރ.މުހައްމަދު ކިނާނަތު، ފިނޭންސް މިނިސްޓްރީއަށް ނިސްބަތްވާ ފާތިމަތު ނުޒުހާގެ އިތުރަަށް އެންވާރެމެންޓް މިނިސްޓްރީއަށް ނިސްބަތްވާ އަޖްވަދު މުސްތަފާވެސް މި ބޯޑުގައި ހިމެނެ.

އިތުރަށް ކިޔާ
އިމާމުންގެ ރަސްމީ ހެދެމުގެ ފަރުމާ، ފެނިގެންދިޔައީ އިމާމުންގެ ހައިބަތާއި ދިވެހި ވަންތަކަން

އިމާމުންގެ ރަސްމީ ހެދެމުގެ ފަރުމާ، ފެނިގެންދިޔައީ އިމާމުންގެ ހައިބަތާއި ދިވެހި ވަންތަކަން

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާ މެދުވެރިކޮށް މި ކޮންސެޕްޓް އާންމުންނަށް ދައްކަވަމުން ވިދާޅުވީ މި ފުރަތަމަ ކޮންސެޕްޓްގައި ދިވެހިވަންތަކަމާއި ސަގާފީ ތަރިކަ ވަރަށް ބޮޑަށް ހިމަނާފައިވާނެ ކަމަށް. އަދި މިކަމުގެ މައިގަނޑު މަގްސަދަކީ ދީނީ އިލްމުވެރިންނަށް ހާއްސަ ގައުމީ އައިޑެންޓިޓީއެއްް ގާއިމުކޮށް ބޭރުގެ ސަގާފީ ނުފޫޒުތަކުން ރާއްޖޭގެ ދީނީ އާދަކާދަތައް ހިމާޔަތްކުރުންކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި.

އިތުރަށް ކިޔާ
އީގަލް ހިލްސް: ތަޖުރިބާއަށް ސުވާލެއް ނެތް، އަރަބި އިމާރާތުގައި ބިޔަ މަޝްރޫއުތަކެއް ހިންގާ ކުންފުންޏެއް

އީގަލް ހިލްސް: ތަޖުރިބާއަށް ސުވާލެއް ނެތް، އަރަބި އިމާރާތުގައި ބިޔަ މަޝްރޫއުތަކެއް ހިންގާ ކުންފުންޏެއް

ޔޫއޭއީގެ "ދަ ނެޝަނަލް ނިއުސް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމާރު ޕްރޮޕަޓީޒްގެ ފައުންޑަރު މުހައްމަދު އަލައްބާރު އިސްވެހުރެ 2014 ވަަނަ އަހަރު ފަށައިގަން އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގެ އެތައް ގައުމުތަކުގައި މިވަގުތުވެސް އެތައް މަޝްއޫރުތަކެއް ކުރިއަށްގެންދާ ކުންފުންޏެއް ކަމަށް.

އިތުރަށް ކިޔާ
އެންމެ ބޮޑު އިންވެސްޓްމެންޓުގެ ގޮތުގައި ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރަން ދުބާއީ ކުންފުންޏަކަށް

އެންމެ ބޮޑު އިންވެސްޓްމެންޓުގެ ގޮތުގައި ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރަން ދުބާއީ ކުންފުންޏަކަށް

ޔޫއޭއީގެ "ދަ ނެޝަނަލް ނިއުސް" ގައި ރިޕޯޓަުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަބޫދާބީގެ މަޝްހޫރު ޑިވޮލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ކަމަށް. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އީގަލް ހިލްސްގެ ޗެއާމަން އަދި ފައުންޑަރ މުހައްމަަދު އަލައްބާރު އަދި ދިވެހިރާއްޖޭގެ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު.

އިތުރަށް ކިޔާ
ތޮއްޑޫގައި ޤަވާއިދާ ޚިލާފަށް އުޅުނު 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ތޮއްޑޫގައި ޤަވާއިދާ ޚިލާފަށް އުޅުނު 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަން އިން ބުނަފައިވާ ގޮތުގައި މި އޮޕަރޭޝަން ހިންގާފައި ވަނީ ތޮއްޑޫގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ އަދަދު އިތުރުވުމުން އާންމުންގެ ޝަކުވާތައް ލިބުމުގެ ސަބަބުން ކަމަށް.

އިތުރަށް ކިޔާ
ޕްލާސްޓިކްގެ ބާވަަތްތަކުގެ ލިސްޓަށް ރައީސް އިސްލާހު ގެންނަވައިފި

ޕްލާސްޓިކްގެ ބާވަަތްތަކުގެ ލިސްޓަށް ރައީސް އިސްލާހު ގެންނަވައިފި

ހޮނިހިރުދުވަހު ރައީސް އޮފީހުން ނެރަފައިވާ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި އިސްލާހު ގެނަސްފައިވަނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ނަންބަރު 1 ގައި ހިމެނޭ، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކައިލައި ހޮޅި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުން 1 ޖޫން 2021 އިން 1 ޖޫން 2031 އަށް ބަދަލުކޮށް މި ތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ފަސްކުރުމަށް.

އިތުރަށް ކިޔާ
ލޯނު ދައްކާ ހަލާސްކުރި ނަަމަވެސް ރައްޔިތުންނަށް ޒަރޫރީ ސާމާނު މެދުނުކެނޑި ލިބިގެންދާނެ: މިނިސްޓަރު ޒަރީރު

ލޯނު ދައްކާ ހަލާސްކުރި ނަަމަވެސް ރައްޔިތުންނަށް ޒަރޫރީ ސާމާނު މެދުނުކެނޑި ލިބިގެންދާނެ: މިނިސްޓަރު ޒަރީރު

ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަރީރު ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 2019 ވަަނަ އަހަރު ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުގެ ފަހު އިންސްޓޯލްމެންޓް ގޮތުގައި ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ބުރާސްފަތި ދުވަހު ދައްކާ ހަލާސްކޮށްފައިވާ ކަމަށް.

އިތުރަށް ކިޔާ
ޑައިވިންނަށް ފޭބި ފަތުރުވެރިއަކު ނިޔާވެފައި އޮށްވާ ފެނިއްޖެ

ޑައިވިންނަށް ފޭބި ފަތުރުވެރިއަކު ނިޔާވެފައި އޮށްވާ ފެނިއްޖެ

ފުލުހުން އާންމުކޮށްފައިވާ ގޮތުގައި ޑައިވިންނަށް ފައިބާފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެއް ކަަމަށް. އަދި އެ ފަތުރުވެރިޔާ ޑައިވިންނަށް ފޭބި ފަހުން ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް އޭނާއަށް ފަރުވާ ދިނުމަށް ފުވައްމަުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓު ސެޕްޓެންބަރު 17 ވަނަ ދުވަހުގެ ހެނދުނު 9:18 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ.

އިތުރަށް ކިޔާ
މައްކާއަށް ހޫތީން ހަމަލާއެއް ދޭން އުޅުނު މައްސަލަ ރައީސް މުއިއްޒު ކުއްވެރިކުރައްވައިފި

މައްކާއަށް ހޫތީން ހަމަލާއެއް ދޭން އުޅުނު މައްސަލަ ރައީސް މުއިއްޒު ކުއްވެރިކުރައްވައިފި

ބުދަދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނުގެ އެންމެ މުގައްދަސް ބިމުގެ ހުރަމަތް ކެޑިގެންދާ އެއްްވެެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް.

އިތުރަށް ކިޔާ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އައި މީހާ ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އައި މީހާ ނިޔާވެއްޖެ

ފުލުހުން އާންމުކޮށްފައިވާ ގޮތުގައި ނިޔާޥެފައިވަނީ ޅ.ކުރެންދޫ އަށް ނިސްބަތްވާ އުމުރުން 62 އަހަރުގެ މުހައްމަދު އަފީފު. އަފީފު ނިޔާވެފައިވަނީ އެކްސިޑެންޓުގައި ލިބަފައިވާ ސީރިއަސް އަނިޔާތަކަށް ޓްރީޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ސެޕްޓެންބަރު 15 ވަަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ.

އިތުރަށް ކިޔާ
ހަތަރު މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް ދިޔަވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ހަތަރު މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް ދިޔަވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ބުދަ ދުވަހު ފުލުހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ގޮތުގައި ދިޔަވަމުން ދިޔައީ ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ސީލައިން 3 ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް ކަމަށް.

އިތުރަށް ކިޔާ